އޭޝިއަން ގޭމްސް 2014


Admin/newsImage/noimage.png

އޭޝިއަން ގޭމްސްގައި ރާއްޖޭގެ 4 އެތުލީޓުން މިއަދު ވާދަކުރާނެއެވެ. ރާއްޖެއިން މިއަދު ވާދަކުރާނީ ފިރިހެނުންގެ 200މ ދުވުމުގެ ފުރަތަމަ ބުރުގައާއި ފިރިހެނުންގެ 800މ ދުވުމުގެ ފުރަތަމަ ބުރުގައެވެ.

ރާއްޖެގަޑިން ހަވީރު 3.47ގައި ފަށާ ފިރިހެނުންގެ 200މ ދުވުމުގެ 2 ވަނަ ހީޓްގައި ވާދަކުރާނީ ޙަސަން ސާޢިދު އެވެ. ސާއިދުގެ އިތުރުން މިހީޓްގައި ވާދަކުރާނީ ނޭޕާލް ސިންގަޕޯރ ޗައިނާ ތައިލެންޑް އީރާން އަދި ސައޫދީ އެތުލީޓުންނެވެ. 200މ ދުވުމުގެ ސާއިދުގެ އަމިއްލަ އަދި ގައުމީ ރިކޯޑަކީ 21.36ސިކުންތެވެ. 

ހަވީރު 4.01ގައި ފަށާ 200މ ދުވުމުގެ 4 ވަނަ ހީޓްގައި ވާދަކުރާނީ ޙުސައިން އިނާޝް އެވެ. އިނާޝްގެ އިތުރުން މިހީޓްގައި ވާދަކުރާނީ ގަތަރުި ކޮރެއާ އީރާގު މޮންގޯލިއާ އީރާން އަދި ޖަޕާންގެ އެތުލީޓުންނެވެ. މި އިވެންޓްގެ އިނާޝްގެ އަމިއްލަ ރިކޯޑަކީ 22.78ސިކުންތެވެ. 

ހަވީރު 4.40ގައި ފަށާ 800މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރާނީ އަޙްމަދު ޙަސަން އެވެ. އަޙްމަދު ޙަސަންގެ އިތުރުން މިހީޓްގައި ވާދަކުރާނީ އިރާން ގަތަރު އީރާން ކޮރެއާ ސައޫދީ ވިއެޓްނާމް އަދި މޮންގޯލިއާގެ އެތުލީޓުންނެވެ. މި އިވެންޓްގެ އަޙްމަދު ޙަސަންގެ އަމިއްލަ ރިކޯޑަކީ 1.58.0ސިކުންތެވެ. 

ހަވީރު 4.54ގައި ފަށާ 800މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކުރާނީ ޝިފާޒް މުޙައްމަދު އެވެ. ޝިފާޒްގެ އިތުރުން ފަލަސްތީން ކުވައިތު ކިރިގިސްތާން ޗައިނާ ނޭޕާލް ބަހުރައިން އަދި ޖަޕާންގެ އެތުލީޓުން މިހީޓްގައި ވާދަކުރެއެވެ. މި އިވެންޓްގެ ޝިފާޒްގެ އަމިއްލަ ރިކޯޑަކީ 1މިނިޓް 59.18ސިކުންތެވެ.