އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

2015ވަނަ އަހަރުގެ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގދ. ތިނަދޫގައި ބާއްވާގޮތަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ.

މުބާރާތް ބާއްވާރަށެއްގެ ގޮތުގައި ގދ. ތިނަދޫ ހަމަޖައްސާފައިވަނީ، މުބާރާތް ބޭއްވުމަށް ގދ. ތިނަދޫ އިން ހުށަހެޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހުއެވެ.

ގދ. ތިނަދޫ އިން ވަނީ 2009 އަދި 2011ވަނަ އަހަރު ވެސް މިމުބާރާތް ހޯސްޓްކޮށްފައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށްދާނީ މާރޗް މަހުގެ 24ން 27އަށެވެ.