މަކީޓާ 8ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މިމަހުގެ 23ން 26އަށް ގދ. ތިނަދޫގައި ކުރިޔަށް ދިޔަ މަކީޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފިރިހެން ބައިން 1 ވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި އަންހެން ބައިން 1 ވަނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ.

ފިރިހެން ބައިން 1 ވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދި އިރު 2 ވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި 3 ވަނަ ހޯދީ ގދ. އަތޮޅު މަދަރުސާއެވެ. އަންހެން ބައިން 1 ވަނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު، މިބައިން 2 ވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 3 ވަނަ ހޯދީ ހުވަދޫ ސްކޫލެވެ.

13 އަހަރުން ދަށުގެ ފިރިހެން 1 ވަނަ ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލް ހޯދިއިރު މިޢުމުރުފުރާގެ އަންހެން ބައިން 1 ވަނަ ހޯދީ ގދ. ފަރެސް މާތޮޑޫ ހުވަދޫ ސްކޫލެވެ. 16 އަހަރުންދަށުގެ ފިރިހެން އަދި އަންހެން 1 ވަނަ ހޯދީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 19 އަހަރުން ދަށުގެ ފިރިހެން 1 ވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު އަންހެން ބައިން 1 ވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.