މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު މާލޭގައި ފެށޭނެއެވެ. ޖުމްލަ 20 ސްކޫލަކުން 600އެތުލީޓުން ތަފާތު 10 ކެޓަގަރީގައި، މިމުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގައި ވާދަކުރަނީ މާލެއިން 11 ސްކޫލާއި، ރާއްޖޭގެ އަތޮޅު ތަކުން 9 ސްކޫލެވެ. މުބާރާތުގައި ވާދަކުރާ މާލޭގެ ސްކޫލްތަކަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، މަޖީދިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް އަދި ކަލާފާން ސްކޫލެވެ. އަތޮޅު ތަކުން ވާދަކުރަނީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، މޭނާ ސްކޫލް، ދ. އަތޮޅު މަދަރުސާ، އަދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ، އަތޮޅު ތަޢުލީމީ މަރުކަޒު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ދާންދޫ ސްކޫލް އަދި ހިތަދޫ ސްކޫލެވެ. 

މުބާރާތް ބާއްވާ ކެޓަގަރީތަކަކީ 11 އަހަރުން ދަށް އަންހެން ފިރިހެން، 13އަހަރުންދަށް އަންހެން ފިރިހެން، 15އަހަރުން ދަށް އަންހެން ފިރިހެން، 17އަހަރުންދަށް އަންހެން ފިރިހެން، 19އަހަރުން ދަށް އަންހެން އަދި ފިރިހެން ކެޓަގަރީއެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ މިމަހުގެ 13، 14، 15 އަދި 16ވަނަ ދުވަހު ހެނދުނު 7.30ން 10.30އަށް މެންދުިރު ފަހު 16.00ން 18.00އަށެވެ.