މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް
ހދ. ކުޅުދުއްފުށީގައި މިމަހުގެ 21ން 24އަށް ބާއްވާ މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އުތުރާއި ދެކުނުން 3 ކްލަބާއި 11 ސްކޫލަކުން 3 ޢުމުރުފުރާގެ 2 ޖިންސްގައި 33 ޓީމް ވާދަކުރާނެއެވެ.
މުބާރާތުގައި ވާދަކުރާ ކްލަބްތަކާއި ސްކޫލްތަކަކީ، ހދ. އަތޮޅު މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ކުޅުދުއްފުށީ ޢަފިފުއްދީން ސްކޫލް، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ކޭ ވައި ސްޕޯޓްސް އެކަޑަމީ، އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ތާޖުއްދީން ސްކޫލް، ދާންދޫ ސްކޫލް، ތިނަދޫ ޒުވާނުންގެ ކްލަބް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ފުވައްމުލަކު މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން އަދި ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލެވެ.
މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ 21 - 24އަށް ކޮންމެ ދުވަހެއްގެ ހެނދުނު 0730ން 1000އަށް އަދި ހަވީރު 1600ން 1800އަށެވެ.
މިމުބާރާތުގައި 275 އެތުލީޓުން ވާދަކުރާނެއެވެ.