އޭޝިއަން ގްރޯން ޕްރީ 2017


Admin/newsImage/noimage.png

ޗައިނާ އަދި ޓައިވާންގައި ބާއްވާ އޭޝިއަން ގްރޯން ޕްރީގައި ބައިވެރިވުމަށް ރާއްޖޭގެ ސްޕްރިންޓަރ ޙަސަން ސާޢިދު އާއި ކޯޗް އަޙްމަދު ފާޢިލް ޗައިނާއަށް މިއަދު ފުރައިފިއެވެ.

މިމަހުގެ 24، 27 އަދި 30 ވަނަ ދުވަހު ބާއްވާ ގްރޯން ޕްރީގެ 3 ލެގްގައި ސާޢިދު ވާދަކުރާނީ 100މ ދުވުމުގައެވެ. 

އޭޝިއަން ގްރޯން ޕްރީއަކީ އޭޝިއާގެ މަތީފަންތީގެ އެތުލީޓުންނަށް ދަޢުވަތު ދީގެން ކޮންމެ އަހަރަކު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މިމުބާރާތުން ރާއްޖޭގެ އެތުލީޓަކަށް ފުރުޞަތު ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.

މިމަހުގެ 24 ވަނަ ދުވަހު މުބާރާތުގެ ފުރަތަމަ ލެގް ކުރިޔަށްދާނީ ޗައިނާގެ ޖިންހުއާގައެވެ. ދެވަނަ ލެގް ކުރިޔަށްދާނީ މިމަހުގެ 27 ވަނަ ދުވަހު ޗައިނާގެ ޖިއަޒިންގ ގައެވެ. އަދި 3 ވަނަ ލެގް ކުރިޔަށްދާނީ މިމަހުގެ 30 ވަނަ ދުވަހު ޓައިވާންގެ ޓައިޕޭގައެވެ.

މިމުބާރާތުގައި އޭޝިއާގެ 19 ގައުމަކުން ވާދަކުރެއެވެ. އަދި 100މ ދުވުމުގައި އޭޝިއާގެ 10ގައުމަކުން 12 އެތުލީޓުން ވާދަކުރާނެއެވެ.