އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯސް


Admin/newsImage/noimage.png

ލ. ގަމުގައި މިމަހުގެ 18ން 29އަށް ކުރިޔަށް ދިޔަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯހުގެ 1 ވަނަ ރާއްޖޭގެ ކުރީގެ ބާރު ދުވުން ތެރިޔާ ޙުސައިން ޙަލީމް ހޯދައިފިއެވެ.

އޮލިމްޕިކް ސޮލިޑަރިޓީގެ އެހީގައި ލ. ގަމުގައި ކުރިޔަށް ދިޔަ ކޯޗިން ކޯހުގައި ރާއްޖޭގެ އުތުރާއި ދެކުނުން 24 ބައިވެރިން ބައިވެރިވިއެވެ. އަދި މި 24 ބައިވެރިންވެސް ވަނީ ކޯހުން ފާސްވެފައެވެ. މީގެ އިތުރުން މި ކޯހުންފާސްވި 24 ކޯޗުންގެ ތެރެއިން 6 ކޯޗަކު ވަނީ ކޯޗިން ލެވެލް 2އަށް ކޮލިފައިވެފައެވެ.

ލެވެލް 2 ގެ ކޯހަށް ކޮލިފައިވެފައިވަނީ ނޭޝަނަލް ސްޕްރިންޓް ކޯޗްގެ އެސިސްޓަންޓް ޙުސައިން ޙަލީމް، ތިނަދޫ ރީޖަނަލް ހެޑް ކޯޗް ޙުސައިން ރައުހަތު ގުދުރަތުﷲ، އައްޑޫ ރީޖަނަލް ކޯޗް މަފާޒާ މުސްތަފާ، ދިވެހި ސިފައިންގެ ކްލަބްގެ ދިގުދުވުން ތެރިޔާ އަޙްމަދު ރިޒާ، އަދި ލ. އަތޮޅުން ކޯހުގައި ބައިވެރިވި ޙުސައިން ޙަލީމް އާއި އަސްލަމް މުޚްތާރު އެވެ.

12 ދުވަހުގެ މުއްދަތައް ކުރިޔަށް ދިޔަ ކޯހުގައި ކިޔަވައި ދެއްވީ، 90ގެ އަހަރުގެ ތެރޭގައި ރާއްޖޭގެ ނޭޝަނަލް ޓީމްގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ޕީ އާރު ނާއިރު އާއި ރާއްޖޭގެ އެންމެ ތަޖުރިބާ ކާރު ލެކްޗަރަރ މޫސާ ރަޝީދު (އެސް ޕީ)އެވެ.

ކޯހުގެ ދަސްވެ ނިވުމުގެ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސަނަދު ޙަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ޙަމަދު ބިން ޚަލީފާ އަލް ތާނީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތު އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް އެވެ.