ޔޫތު އޮލިމްޕިކް ގޭމްސް


Admin/newsImage/noimage.png

މިއަހަރުގެ އޮގަސްޓް މަހު ޗައިނާގެ ނަންޖިންގައި ބާއްވާ 2 ވަނަ ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަން ރައުންޑްގައި ރާއްޖޭގެ 2 އެތުލީޓުން ވާދަކުރާގޮތަށް އެސޯސިއޭޝަނުން ނިންމައިފިއެވެ.

މެއި މަހުގެ 21 އަދި 22ގައި ތައިލެންޑްގެ ބޭންކޮކްގައި ބާއްވާ އޭޝިއަން އޭރިއާ ކޮލިފިކޭޝަންގައި ރާއްޖެއިން ވާދަކުރާނީ ހުސައިން ޝަހުދާން ފަހުމީ އާއި ޙުސައިން ރިޒާއެވެ. ޝަހުދާން ވާދަކުރާނީ ފިރިހެންކުދިން 200މ ދުވުމުގައެވެ. އަދި ރިޒާ ވާދަކުރާނީ ފިރިހެންކުދިންގެ 400މ ދުވުމުގައެވެ.

މުބާރާތުގައި ވާދަކުރާ ޝަހުދާން ވަނީ 2013 ވަނަ އަހަރު ބޭއްވުނު އޭޝިއަން ޔޫތުގޭމްސް އާއި ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. ހުސައިން ރިޒާ ވަނީ 2013ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ.

2 އެތުލީޓުންނާއެކު ކޯޗެއްގެ ގޮތުގައި ބެންކޮކަށް ދާނީ އެސޯސިއޭޝަންގެ ސްޕްރިންޓް ކޯޗް އަޙްމަދު ފާޢިލް އެވެ.

މުބާރާތުގައި ވާދަކުރާ 2 އެތުލީޓުން އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީގައި އިންޑިއާގައި ތަމްރީންތައް ހަދަމުންނެވެ.