ކޮމަންވެލްތް ގޭމްސް 2014


Admin/newsImage/noimage.png

ކޮމަންވެލްތް ގޭމްސްގައި މިއަދު ރާއްޖޭގެ ޙަސަން ސާޢިދު ވާދަކުރި 100މ ދުވުމުގެ 8 ވަނަ ހީޓްގައި 8 އެތުލީޓުންނާއެ އެކު ވާދަކޮށް ސާޢިދު އަށް ރޭސް ނިންމިފައިވަނީ 10.79ސިކުންތުންނެވެ. މިއީ ގައުމީ ރިކޯޑަށް ވުރެ 0.19ސިކުންތު ލަސް ވަގުތެކެވެ. މިހިޓްގެ ވާދަކުރި ހުރިހާ އެތުލީޓޫންގެ ޓައިމިން ވެސް އެވްރެޖް ކޮށްވަނީ ދަށްވެފައެވެ.

100މ ރޭހުގެ 9 ހީޓްގެ އޯވަރ އޯލް ރޭންކިން އަށް ބަލާއިރު ރޭސްނިންމި 72 ބައިވެރިންގެ ތެރެއިން ސާއިދު ހިމެނިފައިވަނީ 42ވަނަ އަށެވެ.

ކޮމަންވެލްތް ގޭމްސްގައި އެތުލެޓިކްސް އިން ދެންވާދަކުރާނީ 400މ ދުވުމުގެ ފުރަތަމަ ހީޓްގައި ރާއްޖޭ ޙުސައިން އިނާޝް އެވެ. އޭނާ އެންމެ ފަހުން ބައިނަލް އަގުވާމީ މުބާރާތެއްގައި 400މ ދުވމުގައި ވާދަކޮށްފައިވަނީ 2010ވނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގައެވެ. އެފަހަރު 400މ ރޭސް އިނާޝް ނިންމާފައިވަނީ 49.64ސިކުންތުންނެވެ.

މާދަމާގެ 400މ ދުވުމުގެ ހީޓްތައްވެސް ޓެން ސްޕޯޓްސް އިން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.