މައިލޯ ކަލަސް އެވަރޑްސް


Admin/newsImage/noimage.png

ސްކޫލް ދަރިވަރުން ކުޅިވަރު ރޮނގުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ފުރަތަމަ "މައިލޯ ކަލަސް އެވޯޑް"ގެ އަހަރުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިއަކަށް ރާއްޖޭގެ އުންމީީދީ އެތުލީޓް ހުސައިން ޝަހުދާން ފަހުމީ ހޮވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި މައިލޯ ގުޅުގިން ބޭއްވި މިޙަފްލާގައި އެންމެ މޮޅު ކުޅިވަރު ކުޅުންތެރިޔާގެ އެވާޑް ހުސައިން ޝަހުދާން ފަހުމީ އާއި ޙަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

މިހަފްލާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިިތުރުން ޝަހުދާން ވަނީ އެތުލެޓިކްސްގެ 18 އަހަރުން ދަށުގެ 1 ވަނަ އެތުލީޓް ކަމާއި ބައިނަލް އަގުވާމީ މުބާރާތުން ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލީޓްގެ އެވާޑް ވެސް ހާސިލް ކޮށްފައެވެ. 18 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓްގެ އެވާޑް ޝަހުދާނަށް ހަވާލް ކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އަދި ރީތި ނަން ހޯދައިދިނުމުގެ އެވާޑް ހަވާލްކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެވެ.

2013 ވަނަ އަހަރު ޝަހުދާންގެ ކާމިޔާބީ ތަކަށް ބަލާއިރު ޝަހުދާން ވަނީ މެއި މަހު އައްޑޫ ސިޓީގައި ބޭއްވުނު މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ 100މ ދުވުން، ލޯންގް ޖަމްޕް އަދި 100މ ރިލޭއިން ގޯލްޑް މެޑަލް، 200މ ދުވުން 400މ ރިލޭ އިން 2 ވަނަ އާއި 18 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓްގެ މަގާމް ހޯދާފައެވެ.

އަދި ޖޫން މަހު ހދ. ކުޅުދުއްފުށީގައި ބޭއްވުނު އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ 17 އަހަރުން ދަށުގެ 100މ ދުވުން، 200މ ދުވުން އަދި ލޯންގް ޖަމްޕް އިން ގޯލްޑް މެޑަލް އާއި 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓްގެ މަގާމް ހޯދާފައެވެ.

މީގެ އިތުރުން އޮގަސްޓް މަހު ނަންޖިންގަ ބޭއްވުނު އޭޝިއަން ޔޫތު ގޭމްސްގައި 100މ ދުވުމާއި 200މ ދުވުމުގައި ރާއްޖެ ތަމްސީލްކޮށްފައެވެ. އަދި ނޮވެމްބަރ މަހު ރަންޗީ ގައި ބެއްވުނު ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްގައި 200މ ދުވުމާއި 100މ ރިލޭގައި ވެސް ރާއްޖެ ތަމްސީލް ކޮށްފައެވެ.

އޭޝިއަން ޔޫތު ގޭމްސްގެ 200މ ދުވުމުގެ ހިޓްގައި ވާދަކޮށް 3 ވަނަ އަަށް ރޭސް ނިންމައި ސެމީއަށް ކޮލިފައިވިއެވެ. މިއީ ރާއްޖޭގެ ޔޫތު އެތުލީޓަކަށް ސެމީއަށް ދެވުނު ފުރަތަމ ފަހަރެވެ.

އެތުލެޓިކްސްގެ ދާއިރާއި އިތުރު ތަމްރީން ހެދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ލިބުނު ފުރުޞަތުގައި ޝަހުދާން އަންނަނީ އިންޑިއާގައި ޓްރެއިން ކުރެވެމުންނެވެ.