މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މިއަދު މާލޭގައި ކުރިޔަށް ދިޔަ 11 ވަނަ މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް، އަޙްމަދު ރިޒާ އާއި ޕެޓްރީޝިއާ ގޯމޭޒް ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގެ ހާފްމެރަތަން ގައުމީ ރިކޯޑް ހަދާފައިވާ ރިޒާ ހާފްމެރަތަން ކާމިޔާބުކޮށްފައިވަނީ 1ގަޑި 22ިމިނިޓް 41.8 ސިކުންތުން ނިންމައިގެންނެވެ. ފިރިހެން ބައިން ދެވަނަ 1ގަޑި 28 މިނިޓް 22.4ސިކުންތުން ހޯދީ އަޙްމަދު ޝަރަފް އެވެ. އަދި 3 ވަނަ 1ގަޑި 34މިނިޓް 3.9 ސިކުންތުން ހޯދީ މުޙައްމަދު ރަޝީދު އެވެ.

ހާފްމެރަތަންގެ އަންހެން ބައިން ޕެޓްރީޝިއާ ގޯމޭޒް 1 ވަނަ ހޯދީ 1ގަޑި 57މިނިޓް 4.2ސިކުންތުން ދުވުން ނިންމައިގެންނެވެ. 2 ވަނަ 2ގަޑީ 5މިނިޓް 12.9ސިކުންތުން ދުވުން ނިންމައިގެން ހޯދާފައިވަނީ ޝަޒްނާ މުޙައްމަދު އެވެ. އަދި ލީލާ އަޙްމަދު 2ގަޑި 7މިނިޓް 29.2ސިކުންތުން ދުވުން ނިންމައިގެން ވަނީ 3 ވަނަ ހޯދާފައެވެ.

އިވެންޓްގެ 10 ކިލޯމީޓަރ ފިރިހެން ބައިން 1 ވަނަ ހޯދީ ޝަރަފް ނަސީރެވެ. އޭނާގެ ވަގުތަކީ 44މިނިޓް 58.6ސިކުންތެވެ. 2 ވަނަ ހޯދީ މުޙައްމަދު އައިހަމް އަޔާޒް އެވެ. އައިހަމްގެ ވަގުތަކީ 46މިނިޓް 48.7ސިކުންތެވެ. 3 ވަނަ ޢަބްދުﷲ ހުނައިން ހޯދީ 54މިނިޓް 52.9ސިކުންތުން ނިންމައިގެންނެވެ. 

10ކިލޯ މީޓަރ އަންހެން ބައިން 1 ވަނަ ހޯދީ މަރްޔަމް އިނާ އެވެ. ވަގުތަކީ 1 ގަޑި 8 މިނިޓް 18.8ސިކުންތެވެ. 2 ވަނަ ލަމްހާ ލުޠޫފީ ހޯީދީ 1ގަޑީ 10މިނިޓް 48.7ސިކުންތުން ނިންމައިގެންނެވެ.

5 ކިލޯ މީޓަރ ފިރިހެން ބައިން 1 ވަނަ އައިކް ޢަބްދުﷲ ރިފާއު 24މިނިޓް 7.7ސިކުންތު، 2 ވަނަ އެމަރސަން އެސްޕިން 25މިނިޓް 28.3ސިކުންތު އަދި 3 ވަނަ މުޙައްމަދު ޔާނިޢު ޙޫސައިން ސިނާން 25މިނިޓް 28.6ސިކުންތެވެ.

5 ކިލޯ މީޓަރ އަންހެން ބައިން 1 ވަނަ ރަބާ އިސްމާޢީލް އާސިފް 26މިނިޓް 32.2ސިކުންތު، 2 ވަނަ ޢާއިޝަތު ލީމް ޝާހީން 37މިނިޓް 28.2ސިކުންތު އަދި 3 ވަނަ ދާނިޔާ އަޙްމަދު އަޝްރަފް 37މިނިޓް 59.3ސިކުންތެވެ.

ވަނަވަނަ އަށް ފަރާތްތަކަށް މެޑަލް އާއި ސެޓްފިކެޓް ޙަވާލްކޮށްދެއްވީ ކުޅިވަރުގެ ގައުމީ އިނާމް ހޯދާފައިވާ އަދި ކުރީގެ ހާފްމެރަތަންގެ ގައުމީ ރިކޯޑް ހަދާފައިވާ ރާއްޖޭގެ އޭރުގެ މަޝްހޫރު ދުވުންތެރިޔާ ނަޞީރު އިސްމާޢީލް އެވެ.