މަކީޓާ 8ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މަކީޓާ 8 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެދުވަހުގެ އިވެންޓްތައް ނިމުނުއިރު މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ ކުރި ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަނީ ހޯދާފައެވެ.

މުބާރާތުގެ ފިރިހެނުންގެ ބައިން 65ޕޮއިންޓާއެކު ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ޕޮއިންޓް ޓޭބަލްގެ ކުރިހޯދި އިރު، މިބައިގެ 2 ވަނައިގައިވަނީ 42ޕޮއިންޓާއެކު ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި ތިންވަނައިގައި 20 ޕޮއިންޓާއެކު ވަނީ ތިނަދޫ ޒުވާނުންގެ ކްލަބެވެ. އަންހެނުންގެ ބައިން 62ޕޮއިންޓާއެކު ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ކުރި ހޯދިއިރު 2ވަނައިގައި ވަނީ 57ޕޮއިންޓާއެކު ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި ތިންވަނައިގައި 16 ޕޮއިންޓާއެކު ހުވަދޫ ސްކޫލެވެ.

މުބާރާތުގެ 2 ވަނަ ދުވަހާއެކު، މިމުބާރާތުގެ 4 ރިކޯޑެއްވަނީ އައުކޮށްފައެވެ. އެއީ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ 100މ ދުވުން، 13 އަހަރުން ދަށުގެ އަންހެން ކުދިންގެ200މ ދުވުން، 16 އަހަރުންދަށުގެ ފިރިހެން ކުދިންގެ 100މ ދުވުން، 16 އަހަރުންދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް، 19އަހަރުންދަށް ފިރިހެން ކުދިންގެ 800މ ދުވުން، 19 އަހަރުންދަށް ފިރިހެން ކުދިންގެ ހައި ޖަމްޕް، 19 އަހަރުންދަށް ފިރިހެން ކުދިންގެ ޝޮޓްޕުޓް، 19އަހަރުންދަށް އަންހެން ކުދިންގެ ޝޮޓްޕުޓް، 19 އަހަރުން ދަށުގެ އަންހެން ކުދިންގެ ޖެވެލިން ތްރޯ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށްދާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 23 – 26އަށް ކޮންމެ ދުވަހެއްގެ ހެނދުނު 7.00ން 10.00އަށް އަދި ހަވީރު 4.00ން 6.00އަށެވެ.