އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png

20 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، މުބާރާތުގައި 15 ސްކޫލުން ބައިވެރިވެއްޖެއެވެ.

ޖޫން މަހުގެ 8 - 11އަށް ހދ. ކުޅުދުއްފުށީގައި ބާއްވާ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ

ހއ. ވަށަފަރު ސްކޫލް، ހދ. ކުރިނބީ ސްކޫލް، ހދ. މަކުނުދޫ ސްކޫލް، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ށ. ފުނަދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ. ހޮޅުދޫ މޭނާ ސްކޫލް، ޅ. ނައިފަރު މަދުރަސަތުލް އިފްތިތާޙް، އިސްކަންދަރު ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ކަލާފާން ސްކޫލް، ގދ. މަޑަވެލި ސްކޫލް، އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

4 ދުވަހަށް ކުރިޔަށްދާ މިމުބާރާތް ބަހާލެވިފައިވަނީ 4 ޢުމުރު ފުރާއަކުންނެވެ. އެ ޢުމުރު ފުރާތަކަކީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށެވެ.