އިންޑިއަން އޯޝަން އައިލެންޑް ގޭމްސް


Admin/newsImage/noimage.png

ރިޔޫނިއަން ގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލަށް ރާއްޖޭގެ 100މ ދުވުމުގެ 1 ވަނަ ދުވުން ތެރިޔާ ޙަސަން ސާޢިދު ހޮވިއްޖެއެވެ. ސާޢިދު 100މ ދުވުމުގެ ފައިނަލަށް ހޮވިފައިވަނީ މިއަދު ކުރިޔަށް ދިޔަ 100މ ދުވުމުގެ 2 ވަނަ ހީޓުން 1 ވަނަ ހޯދައިގެންނެވެ.

ރާއްޖޭގެ އެތުލީޓުން މިއަދު ވާދަކުރީ އަންހެނުންގެ 100މ ދުވުމުގެ ހީޓްގައެވެ. އަންހެނުންގެ 100މ ދުވުމުގެ 2 ވަނަ ހީޓްގައި ވާދަކޮށް އަފާޢިސްމާޢީލް ދުވުން ނިންމާފައިވަނީ 13.48 ސިކުންތުން 6ވަނަ އަށެވެ. ފިރިހެނުންގެ 100މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކޮށް 11.82ސިކުން ޙުސައިން ޙަލީމް ދުވުން ނިންމާފައިވަނީ 6 ވަނަ އަށެވެ. އަދި 12.02ން ދުވުން ނިންމައިގެން ނުޖޫމް ޙަސަން ދިޔައީ 7ވަނަ އަށެވެ.