ވާލްޑް އަންޑަރ 20 އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ޕޮލެންޑްގެ ބިޑްގޮޝްޓް ގައި މިއަހަރުގެ ޖުލައި މަހުގެ 19ން 24އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވާލްޑް އަންޑަރ 20 އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ.

މުބާރާތައް ރާއްޖެއިން ފޮނުވާގޮތަށް ނިންމާފައިވަނީ ބޮޓްސްވާނާގައި ތަމްރީން ހަދަމުން އަންނަ ޒުވާން އެތުލީޓުން މުޙައްމަދު ނާއިލް އެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ފިރިހެނުންގެ 400މ ދުވުމުގައެވެ.

ނާއިލްގެ ދުވުމުގެ ކެރިއަރަށް ބަލާއިރު ނާއިލް ވަނީ އުމުރުން 15އަހަރުގައި ސަރަޙައްދީ މުބާރާތް ސާފް ގޭމްސްގައި 2016ވަނަ އަހަރު ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމްގައި ހިމެނިފައެވެ. އަދި ނާއިލް ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުންތަކެއް 400މ ދުވުމުގައި ހޯދާފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ނާއިލް 400މ ދުވެފައިވަނީ 50.58ސިކުންތުންނެވެ. އަދި މިއަހަރުގެ މެއި މަހު ބޮޓްސްވާނާ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް 400މ ދުވެފައިވަނީ 48.53ސިކުންތުންނެވެ. މިއީ ޖޫނިއަރ ގައުމީ ރިކޯޑެކެވެ.