އެތުލެޓިކްސް އެވާޑް ނައިޓް 2016


Admin/newsImage/noimage.png

2016ވަނަ އަހަރު އެތުލެޓިކްސް އިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ އެތުލެޓިކްސް އެވާޑް ނައިޓް 27 ޑިސެމްބަރ 2016ވަނަ ދުވަހު ބާއްވާގޮތަށް އެސޯސިއޭޝަނުން ނިންމައިފިއެވެ.

މިގޮތުން މިރޭބާއްވާ ޙަފްލާގައި 2016ވަނަ އަހަރު ރާއްޖޭގެ އެތުލެޓިކްސް ގައުމީ ރިކޯޑް އައުކޮށްފައިވާ އެތުލީޓުން ފާހަގަކުރުން އޮންނާނެއެވެ. މީގެ އިތުރުން ބައިނަލް އަގުވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާ ހޯދާފައިވާ އެތުލީޓުންގެ ކާމިޔާބީވެސް ފާހަގަކުރެވިގެންދާނެއެވެ.

އަދި މިހަފްލާގައި 2016ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓާއި އަންހެން އެތުލީޓް ހޮވައި އެތުލީޓުންނަށް އެވާޑް ދިނުންވެސް ކުރޔިަށް ދާނެއެވެ.