މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އައްޑޫ ސިޓީ ހިތަދޫގައި މާރޗްމަހުގެ 20ން 23އަށް ބޭއްވުމަށް ހަމަޖެހިފައިވާ މަކީޓާ 10 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި އެސޯސިއޭޝަންގެ މެމްބަރ 7 ކްލަބާއި ރާއްޖޭގެ 22 ސްކޫލަކުން 95 ޓީމް ބައިވެރިވެއްޖެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ 7 ކްލަބަކީ ކުޑަ ހުސެއިން ސްޕޯޓްސް އެސޯސިއޭޝަން، ކީން ޔޫތު ސްޕޯޓްސް އެކަޑަމީ، ޒިފިއަސް ސްޕޯޓްސް ކްލަބް، ކްލަބް ކާމް ސްޕޯޓްސް، ކްލަބް މުގޫ ސްޕޯޓްސް، ކްލަބް ރައިވެރިޔާ އަދި ތިނަދޫ ޒުވާނުންގެ ކްލަބެވެ. މުބާރާތުގައި ބައިވެރިވާ ސްކޫލްތަކަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް، ދާންދޫ ސްކޫލް، ގދ. އަތޮޅު މަދަރުސާ، ހުވަދޫ ސްކޫލް، ކަނޑުހުޅުދޫ ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، އަބޫބަކުރު ސްކޫލް، ފުވައްމުލަކު ސްކޫލް، ހާފިޒް އަޙްމަދު ސްކޫލް، މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހުޅުދޫ ސްކޫލް، ސ. އަތޮޅު މަދަރުސާ، ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އައްޑޫ ހައި ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް އަދި ފޭދޫ ސްކޫލެވެ.

6 އުމުރުފުރާއަކަށް ކުރިޔަށް ގެންދާ މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެން ބައިގައި 18 ޓީމް، އަންހެން ބައިގައި 20 ޓީމް، 16 އަހަރުން ދަށުގެ ފިރިހެން ބައިގައި 17 ޓީމް، އަންހެން ބައިގައި 14 ޓީމް، 19 އަހަރުންދަށުގެ ފިރިހެން ބައިގައި 14 ޓީމް، އަދި އަންހެން ބައިގައި 12 ޓީމް ބައިވެރިވިއެވެ.

ޗެމްޕިއަންޓީމަށް 7000ރުފިޔާ، ރަނރަރަޕް ޓީމަށް 5000ރ އަދި ތިންނަވަ ޓީމަށް 3000ރުފިޔާގެ އިނާމް ފައިސާ ކަނޑައަޅާފައިވާ މުބާރާތުގެ މިދިޔަ އަހަރުގެ ފިރިހެން ޗެމްޕިއަންޓީމަކީ އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއެވެ. އަދި އަންހެން ޗެމްޕިއަންޓީމަކީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. އަންހެން އެންމެ މޮޅު އެތުލީޓަކީ ކްލަބް އީގަލްސްގެ ޢާއިޝަތު ޒާރާ އާތިފް އެވެ. އަދި ފިރިހެން އެންމެ މޮޅު އެތުލީޓަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު ޝަޒީން ޖިހާދެވެ.