އިސްލާމިކް ސޮލިޑަރިޓީ ގޭމްސް


Admin/newsImage/noimage.png

އަޒަރުބައިޖާންގެ ބަކޫގައި މިމަހުގެ 12ން 22އަށް ބާއްވާ 4 ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސަް ޓީމް މުބާރާތުގައި ބައިވެރިވުމަށް ފުރައިފިއެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ އެތުލެޓިކް ޓީމްގައި ހިމެނެނީ ފިރިހެން 5 އެތުލީޓުންނާއި 2 ކޯޗުންނެވެ. ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނޭ އެތުލީޓުންނަކީ ޙަސަން ސާޢިދު، އަޒްނީމް އަޙްމަދު ސަރީޝް އަޙްމަދު، ޙުސައިން ފަޒީލް ހާރޫން އަދި ޒައިދު ޝަރީފް އެވެ. ކޯޗުންނަނީ އެސޯސިއޭޝަންގެ ސްޕްރިންޓް ހެޑް ކޯޗް އަޙްމަދު ފާޢީލް އާއި ޙުސައިން ޙަލީމް އެވެ.

މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ފިރިހެނުންގެ 100މ، 200މ 1500މ އަދި 5000މ ދުވުމުގައެވެ. މީގެ އިތުރުން 400މ ރިލޭގައި ވެސް ރާއްޖެއިން ވާދަކުރާނެއެވެ.