5 ވަނަ އޭޝިއަން އިންޑޯ ގޭމްސް


Admin/newsImage/noimage.png

ތުރުކެމެނިސްތާންގެ އަޝްޣަބަތުގައި މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 17ން 27އަށް ކުރިޔަށްދާ 5 ވަނަ އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމް އެކުލަވާލައިފިއެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އިންޑޯ އެތުލެޓިކްސްގެ ފިރިހެނުންގެ ބައިގައެވެ.

މުބާރާތަށް އެކުލަވާލި ޓީމްގައި ހިމެނޭ އެތުލީޓުންނަކީ އިބްރާހީމް އަޝްފާން ޢަލީ، މުޙައްމަދު ނާޢިލް، ޢަލީ ޝާމް އަދި އަޙްމަދު އަނޫފް މުޙައްމަދު އެވެ. ކޯޗެއްގެ ގޮތުގައި ދާނީ ނޭޝަނަލް މިޑްލް ޑިސްޓެންސް ކޯޗް ޢަބްދުﷲ އިބްރާހީމް އެވެ.

މުބާރާތުގައި އިބްރާޙީމް އަޝްފާން ޢަލީ އާއި އަޙްމަދު އަނޫފް މުޙައްމަދު ވާދަކުރާނީ ފިރިހެނުންގެ 60މ ދުވުމުގައެވެ. މުޙައްމަދު ނާއިލްއާއި ޢަލީ ޝާމް ވާދަކުރާނީ ފިރިހެނުންގެ 400މ ދުވުމުގައެވެ.