ލެވެލް 2 ކޯޗަސް ލެކްޗަރަ ކޯސް


Admin/newsImage/noimage.png

އިންޑޮނޭޝިޔާގެ ޔޮގޮޔަކާޓާގައި މިމަހުގެ 24ން 29އަށް ބާއްވާ އައި އޭ އޭ އެފް ލެވެލް 2 ކޯޗަސް ލެކްޗަރަރ ކޯހުން ރާއްޖޭގެ މޫސާރަޝީދަށް ފުރުޞަތު ލިބިއްޖެއެވެ. މޫސާ ރަޝީދަށް މިފުރުޞަތު ލިބިފައިވަނީ މީގެ ކުރިން އޭނާ ހިންގާފައިވާ ކޯޗިން ކޯސްތައް އިވެލުއޭޓް ކުރުމަށްފަހު މިސަރަޙައްދުގެ އެންމެ ރަނގަޅު ލެކްޗަރަރ އިންގެ ގޮތުގައި މޫސާ ފާހަގަކުރެވިފައިވާތީ އެވެ.

މޫސާ ރަޝީދު ވަނީ 2016ވަނަ އަހަރުގެ މެއި މަހު އައި އޭ އޭ އެފް ލެވެލް 1 ލެކްޗަރަ ކޯސް ފުރިހަމަ ކޮށްފައެވެ. އަދި އޭގެ ފަހުން 2016ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ސްރީ ލަންކާގައި ބޭއްވުނު އައި އޭ އޭ އެފް ކޯޗަސް ކޯހުގައި ކިޔަވައި ދީފައެވެ.

މޫސާ ރަޝީދުގެ އެތުލެޓިކްސް ކޯޗިން ތަޖުރިބާއަށް ބަލާއިރު މޫސާ ވަނީ އައި އޭ އޭ އެފް ލެވެލް 1، ލެވެލް 2، ލެވެލް 3، އައި އޭ އޭ އެފް އެލީޓް ކޯޗިން ކޯސް ފުރިހަމަކޮށްފައެވެ. އަދި ގައުމީ ލެވެލްގެ ގިނަ އެތުލެޓިކްސް ކޯޗިން ކޯސްތައް ރާއްޖޭގެ އެކިކަންކޮޅުގައި މޫސާ ވަނީ ހިންގާފައެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގެ ހެޑް ކޯޗް ކަމާއި އެސޯސިއޭޝަންގެ ނާއިބް ރައީސްގެ މަގާމުވެސް މޫސަ ވަނީ އަދާކޮށްފައެވެ.