ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މާރޗް މަހުގެ 26ން 29އަށް ބޭއްވުމަށް ކަލަންޑަރ ކުރެވިފައިވާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ށ. މިލަންދޫގައި ބާއްވާގޮތަށް ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

4 ދުވަހުގެ މުއްދަތަށް ބާއްވާ މުބާރާތުގައި 6 ޢުމުރުފުރާއަކުން 74 އިވެންޓް ބާއްވަންވެސް ވަނީ ނިންމާފައެވެ. ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޢުމުރުފުރާތަކަކީ 13 އަރަުންދަށް އަންހެން ފިރިހެން، 15 އަހަރުންދަށް އަންހެން އަދި ފިރިހެން އަދި 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޢުމުރުފުރާއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންޓީމަށް 7000.00ރުފިޔާ، ދެވަނަ ޓީމަށް 5000.00ރުފިޔާ އަދި ތިންވަނަ ޓީމަށް 3000.00 ރުފިޔާގެ އިނާމް ވެސް ވަނީ ހުށަހަޅާފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީޚަކީ މިހިނގާ ފެބުރުއަރީ 20 ވަނަ ދުވަހެވެ.