މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މާރޗް މަހުގެ 26ން 29އަށް ށ. މިލަންދޫގައި ބާއްވާ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގައި ރާއްޖޭގެ 16 ސްކޫލާއި އެސޯސިއޭޝަންގެ މެމްބަރ 9 ކްލަބުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެން އުމުރުފުރާގައި 19 ޓީމް އަންހެން އުމުރުފުރާގައި 18 ޓީމް، 15 އަހަރުންދަށުގެ ފިރިހެން އުމުރުފުރާގައި 20 ޓީމް އަންހެން އުމުރުފުރާގައި 17 ޓީމް، 17 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރާގައި 17 ޓީމް އަދި އަންހެން އުމުރުފުރާގައި 14 ޓީމް ވާދަކުރުމަށް ވަނީ ހުށަހަޅާފައެވެ.

މުބާރާތުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކްލަބްތަކަކީ ކީން ޔޫތު ސްޕޯޓްސް އެކަޑަމީ، ކްލަބް މުގޫ ސްޕޯޓްސް، ތިނަދޫ ޒުވާނުންގެ ކްލަބް، ރައުހަތު ސްޕޯޓްސް، ކްލަބް ރާވެރިޔާ، ދަ ބްލެކް މާލިން، ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަން، ކްލަބް ކާމް ސްޕޯޓްސް އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.

މުބާރާތުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލް، ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ހދ. ކުމުންދޫ ސްކޫލް، ހދ. މަކުނުދޫ މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ށ. ފޯކައިދޫ ސްކޫލް، ށ. ޅައިމަގު ސްކޫލް، ށ. މިލަންދޫ ސްކޫލް، ށ. ނަރުދޫ ސްކޫލް، ށ. އަތޮޅު ތަޢުލީމީ މަރުކަޒު، ނ. ޅޮހީ ސްކޫލް، ރ. މަޑުއްވަރީ ސްކޫލް، ލ. މުންޑޫ ސްކޫލް، ލ. މާވަށު ސްކޫލެވެ އަދި ގއ. ދާންދޫ ސްކޫލެވެ.

2017 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަން ޓީމަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި އަންހެން ޗެމްޕިއަން ޓީމަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒވެ. މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޒިފިއަސް ސްޕޯޓްސް ކްލަބްގެ މުޙައްމަދު މުނާޒް ޢަލީ އެވެ. އަދި އެންމެ މޮޅު އަންހެން އެތުލީޓަކީ ހިތަދޫ ސްކޫލްގެ ޢާއިޝަތު ހިމްނާ ޙަސަން އެވެ.