ޖުމްހޫރީ 50 ނޭޝަނަލް ގްރޯން ޕްރީ


Admin/newsImage/noimage.png

ރާއްޖޭގެ އެންމެ ވަރުގަދަ އެތުލީޓުންނަށް ދައުވަތުދީގެން، ފުރަތަމަ ފަހަރަށް ބާއްވާ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތް އަންނަ މަހުގެ 13 އަދި 14 ގައި އައްޑޫ ސިޓީގައި ބާއްވަން އެސޯސިއޭޝަނުން ނިންމައިފި އެވެ.

 

ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުމާ ދިމާކޮށް "ޖުމްހޫރީ 50 ގްރޯން ޕްރީ" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބާއްވާ ހަތް އިވެންޓަށް ދައުވަތު ދޭނީ ގައުމީ މުބާރާތުގެ އެންމެ މޮޅު އަށް އެތުލީޓުންނަށެވެ. އެކަމަކު އޭގެ ތެރޭގައި ސްކޫލް ދަރިވަރެއް ހިމެނޭ ނަމަ، ދައުވަތު ލިބޭނީ އިންޓަ ސްކޫލް މުބާރާތުން މެޑެއްޔެއް ހޯދާފައިވާނަމަ އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމުގައި ބާއްވާ މި އަހަރުގެ ގްރޯން ޕްރީގައި ބާއްވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު 3000 މީޓަރު ދުވުމާއި ލޯންގް ޖަމްޕެވެ.

ކޮންމެ އަހަރަކު ގަވާއިދުން ބާއްވަން ރާވާފައިވާ މި މުބާރާތް އަންނަ އަހަރު އޮންނާނީ މާލޭގަ އެވެ. މި މުބާރާތާ އެކު ރާއްޖޭގައި ދެން ގައުމީ ފެންވަރުގެ ދެ މުބާރާތް އޮންނާނެ އެވެ. އެއީ ގްރޯން ޕްރީގެ އިތުރުން ގައުމީ އެތުލެޓިކްސް މުބާރާތެވެ.

ގްރޯން ޕްރީ އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަދި ސަރަހައްދުތަކުގައި މަތީ ފަންތީގެ އެތުލީޓުންނަށް ދައުވަތު ދީގެން ބާއްވާ މުބާރާތެކެވެ. ރާއްޖޭގެ ހަސަން ސާއިދު ވަނީ މިދިޔަ އަހަރުގެ އޭޝިއަން ގްރޯން ޕްރީގައި 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އެވެ.