އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯސް


Admin/newsImage/noimage.png

އިންޑިއާގެ ޓްރެވިންޑްރަމްގައި މިމަހުގެ 15ން 26ގެ ނިޔަލަށް ކުރިޔަށްގެންދާ އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯސް ފުރިހަމަ ކުރުމަށް ރާއްޖޭގެ 2 ކޯޗުން އިންޑިއާއަށް މިއަދު ފުރައިފިއެވެ. ކޯހަށް މިއަދު ފުރީ ރާއްޖޭގެ ކުރީގެ ދެ ދުވުން ތެރިންކަމަށްވާ ޏ. ފުވައްމުލައް ޢަލީ ޝަރީފް އާއި ގދ. ތިނަދޫ ޙަސަން ފައިހަތު ގުދުރަތުﷲއެވެ.

ޢަލީ ޝަރީފް އަކީ ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެއަށް މެޑަލް ހޯދައިދިން ޓީމްގެ އެތުލީޓެކެވެ. އަދި ޢަލީ ޝަރީފް އަކީ 2005ން 2010އަށް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައިވާ އެތުލީޓެކެވެ. ޢަލީ ޝަރީފް ދުވުމުގެ ކެރިއަރގައި ޢަލީ ޝަރީފް ވަނީ ރާއްޖޭގެ ފިރިހެން 60މ، 100މ އަދި 100މ ރިލޭގެ ގައުމީ ރިކޯޑް ހަދާފައެވެ. މީގެ އިތުރުން 2006ވަނަ އަހަރުން ފެށިގެން ޢަލީ ޝަރީފް އަންނަނީ ސްކޫލްތަކުގެ އެތުލީޓުންނަށް ކޯޗް ކޮށްދެމުންނެވެ.

ޙަސަން ފައިހަތު ގުދުރަތުﷲ އަކީ 2007ވަނަ އަހަރުން ފެށިގެން 2013ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ބޭއްވުނު ގިނަ އެތުލެޓިކްސް މުބާރާތްތަކުގައި ވާދަކޮށް މެޑަލް ހޯދާފައިވާ އެތުލީޓެކެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެތުލެޓިކްސް ޓީމް ތައްޔާރުކުރުމުގައި އިސް މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެކެވެ.