13 ވަނަ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

 

މާރޗް މަހުގެ 08ން 12އަށް އައްޑޫ ގައި ބާއްވާ 13 ވަނަ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 17 ސްކޫލަކާއި އެސޯސިއޭޝަންގެ މެމްބަރ 5 ކްލަބަކުން 8 ކެޓަރީއެއްގައި 75 ޓީމް ވާދަކުރަން އެންޓްރީ ހުށަހަޅައިފިއެވެ. މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 12 ޓީމް، އަންހެން އުމުރުފުރާގައި 12 ޓީމް، ފަނަރަ އަހަރުން ދަށުގެ ޢުމުރުފުރާގައި 12 ޓީމް، 15 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 12 ޓީމް، 17 އަހަރުން ދަށުގެ އަންހެން ޢުމުފުރާގައި 8 ޓީމް، 17 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 13 ޓީމް އަދި 19 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 5 ޓީމް ހިމެނެއެވެ.

 

މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލް، ފޭދޫ ސްކޫލް، ސ. އަތޮޅު މަދަރުސާ، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، އައްޑޫ ހައި ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ނޫރާނީ ސްކޫލާއި ފުވައްމުލަކު ސިޓީގެ ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލާއި، ގދ. އަތޮޅު ދާންދޫ ސްކޫލް، ލ. އަތޮޅު ޙަމަދު ބިން ޚަލީފާ އަލްތާނީ ސްކޫލް އަދި ރ. މަޑުއްވަރީ ސްކޫލެވެ. މުބާރާތުގައި ވާދަކުރާ އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަކީ، ކޭވައި ސްޕޯޓްސް އެކަޑަމީ، ކުޑަހުސައިން ސްޕޯޓްސް އެކަޑަމީ، ދަ ބްލެކް މަރލިން، ސާއިދު ސްޕޯޓްސް އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންއެވެ.

 

މުބާރާތުގެ އިވެންޓްތައް ކުރިޔަށްދާނީ އައްޑޫ ޒޯން ސްޓޭޑިއަމްގައި މާރޗް މަހުގެ 08ން 12އަށް ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 10.30 އަށް އަދި ހަވީރު 4.00ން 6.00އަށެވެ.

 

ނިމިދިޔަ 12 ވަނަ މަކީޓާ ޖޫނިއަރ ޗެމްޕިއަންޝިޕްގެ އަންހެން ޗެމްޕިއަން ޓީމަކީ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލް އެވެ. އަދި އެންމެ މޮޅު އަންހެން އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ ޢާއިޝަތު ހިމްނާ ޙަސަން އެވެ. ފިރިހެން ޗެމްޕިއަން ޓީމަކީ ރައުހަތު ސްޕޯޓްސް އެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކީ ރައުހަތު ސްޕޯޓްސްގެ އިބްރާހީމް ރާފިލް ވާފިރު އެވެ.