ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
23 ވަނަ ގައުމީ ކަސްރަތު މުބާރާތުގެ ފުރަތަމަ މެޑަލް ދިވެހި ސިފައިންގެ ކްލަބްގެ މުޙައްމަދު ޝިފާޒް ހޯދައިފިއެވެ. ޝިފާޒް މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ 1500މ ދުވުން 4މިނިޓް 24.5ސިކުންތުން ނިންމައިގެންނެވެ.

މުބާރާތުގައި މިއަދު ކުރިޔަށް ދިޔަ އިވެންޓްތަކުގެ ތެރެއިން ފިރިހެނުން "ޝޮޓްޕުޓް" އިވެންޓް 10.80މީޓަރަށް އެއްލައިގެން 1 ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ޙަސަން ޝަމްޢޫނެވެ. އަންހެނުންގެ 1500މ ދުވުން 6މިނިޓް 57.3ސިކުންތުން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބްގެ އާމިނަތު ނަޒްރާއެވެ. ފިރިހެނުންގެ ހައިޖަމްޕް 1.65މީޓަރުން ހުރަސްކޮށް 1 ވަނަ ހޯދީ މޭޑް ރަނަރސްގެ ހާޒިފް މުޙައްމަދު އެވެ. ފިރިހެނުންގެ ޑިސްކަސްތްރޯ އިވެންޓުން 1 ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ މޫސާ ފަޒްލީންއެވެ. އޭނާ ޑިސްކަސް އެއްލާފައިވަނީ 30.18 މީޓަރަށެވެ.

ފިރިހެނުންގެ 400މ ދުވުން 51.8ސިކުންތުން ދިވެހި ސިފައިންގެ ކްލަބްގެ ޙުސައިން އިނާޝް ކާމިޔާބުރިއިރު އަންހެންބައިން މިއިވެންޓް ކާމިޔާބުކުރީ 1މިނިޓް 9.6ސިކުންތުން ރޭސް ނިންމި ދިވެހި ސިފައިންގެ ކްލަބްގެ އާމިނަތު ނަޒްރާއެވެ.

ފިރިހެނުންގެ 5000މ ދުވުން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުޙައްމަދު އެވެ. އެއީ 17މިނިޓް 37.9ސިކުންތުން ރޭސް ނިންމައިގެންނެވެ. އަންހެނުންގެ 5000މ ދުވުން 26މިނިޓް 28.4 ސިކުންތުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބްގެ މަރްޔަމް އިނާޔާ ފާރޫޤު އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓްތައް ނިމުނުއިރު 39ޕޮއިންޓުން ފިރިހެނުންގެ ބައިން 1 ވަނަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި 22 ޕޮއިންޓުން އަންހެނުންގެ ބައިންވެސް 1 ވަނައިގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ.