ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
23 ވަނަ ގައުމީ ކަސްރަތު މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދީ 10 ގޯލްޑް، 8 ސިލްވަރ އަދި 7 ބްރޯންޒް މެޑަލް ހޯދައިގެންނެވެ. ފިރިހެނުންގެ ބައިން 2 ވަނަ މޭޑް ރަނަރސް ހޯދި އިރު 3 ވަނަ ހޯދާފައިވަނީ ކްލަބް އޯލް ސްޓަރ އަދި އެމް އެސް ހެލްޕިން ހޭންޑެވެ.

އަންހެނުންގެ ބައިން 8 ގޯލްޑް، 4 ސިލްވަރ އަދި 3 ބްރޯންޒް މެޑަލް އާއެކު ދިވެހި ސިފައިންގެ ކްލަބް 1 ވަނަ ހޯދި އިރު ދެވަނަ ހޯދީ ކްލަބް އޯލް ސްޓަރ އެވެ. އަދި 3 ވަނަ ހޯދީ ޒިފިއަސް ސްޕޯޓްސް ކްލަބެވެ.