ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
23 ވަނަ ގައުމީ ކަސްރަތު މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުޙައްމަދު ހޮވައިފިއެވެ. ޝިފާޒް ވަނީ އޭނާ ވާދަކުރި 10000މ، 5000މ އަދި 1500މ ދުވުމުން ގޯލްޑް މެޑަލް ހޯދާފައެވެ. އަދި މިއީ ގައުމީ ކަސްރަތު މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމް ޖެހިޖެހިގެން ޝިފާޒް ހޯދި 4 ވަނަ އަހަރެވެ.

މުބާރާތުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އަފާ އިސްމާޢީލް އެވެ. އަފާ ވަނީ އޭނާ ވާދަކުރި 100މ، 200މ އަދި ލޯންގް ޖަމްޕް އިން ގޯލްޑް މެޑަލް ހޯދާފައެވެ.