އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png
މަކީޓާ 7 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް އައްޑޫ ސިޓީގައި މިމަހުގެ 02ން 05އަށް ކުރިޔަށްދާނެއެވެ. 5 ޢުމުރުފުރާއެއްގައި 10 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ކުރިޔަށް ދާ ޢުމުރުފުރާތަކަކީ 13 އަހަރުންދަށް އަންހެން ފިރިހެން، 16 އަހަރުންދަށް އަންހެން އަދި ފިރިހެން އަދި 19 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރާއެވެ.

މުބާރާތް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 10.30އަށް އަދި ހަވީރު 4.00ން 6.00އަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ "ޔޫތު ޓީމް"، މަރަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ހާފިޒް އަޙްމަދު ސްކޫލް، ފުވައްމުލަކު ސްކޫލް، މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ގެމަނަފުށީ ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ސ. އަތޮޅު މަދަރުސާ، އަދި ޝަރަފުއްދީން ސްކޫލެވެ.