ނޭޝަނަލް ޓެކްނިކަލް އޮފިޝަލް ކޯސް


Admin/newsImage/noimage.png
ހދ. ކުޅުދުއްފުށީގައި މިމަހުގެ 10ން 13އަށް ބާއްވާ 18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ ޓެކްނިކަލް އޮފިޝަލުން ތަމްރީން ކުރުމުގެ ގޮތުން، ހދ. ކުޅުދުއްފުށީގައި ނޭޝަނަލް ލެވެލް ޓެކްނިކަލް އޮފިޝަލް ކޯހެއް އެތުލެޓިކްސް އެސޯސިއޭޝަނުން ފަށައިފިއެވެ.

ޖޫން މަހުގެ 05ން 13އަށް ކުރިޔަށް ދާ ކޯހުގައި ހދ. ކުޅުދުއްފުށިން 30 އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

ކޯހުގައި ކިޔަވައި ދެއްވަނީ އައި އޭ އޭ އެފް ލެވެލް 1ގެ ދެ ޓެކްނިކަލް އޮފިޝަލުން ކަމަށްވާ އަޙްމަދު ޢަޒީލް އާއި އަޙްމަދު މުންތަޤިމް އެވެ.

މި ކޯހަކީ ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓާއި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ކުރިޔަށް ގެންދާ ކޯހެކެވެ.