މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


Admin/newsImage/noimage.png
މޯލްޑިވްސް އޮލިމްޕިކް ކޮމިޓިގެ ހިންގާ ކޮމިޓީގެ އިންތިޚާބްގައި ވާދަކުރަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމައިފިއެވެ.

އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް އިންތިޚާބް ކުރާ 13 މަގާމުގެ ތެރެއިން އެސޯސިއޭޝަނުން ވާދަކުރާނީ 3 މަގާމެއްގައެވެ. މި ގޮތުން އެސޯސިއޭޝަނުން ވާދަކުރާ 3 މަގާމަކީ ޓްރެޜަރަރ، އިންޑިވިޖުއަލް އޮލިމްޕިކް ސްޕޯޓްސް އަދި އަންހެން މެމްބަރުގެ މަގާމެވެ.

ޓްރެޜަރަރަގެ މަގާމަށް ވާދަކުރާނީ އެސޯސިއޭޝަންގެ ޓްރެޜަރަރ މުސްޠަފާ މުޙައްމަދުއެވެ. އަދި އަންހެން މެމްބަރުގެ މަގާމަށް ވާދާކުރާނީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރ އާމިނަތު ޝާޒްލީން އެވެ.