ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަޙްމަދު މުންތަޤިމް
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަޙްމަދު މުންތަޤިމް ހަމަޖައްސައިފިއެވެ.
އެސޯސިއޭޝަންގެ ދެވަނަ ދައުރުގެ ހިންގާ ކޮމިޓީން މިމަގާމަށް މުންތަޤިމް ހަމަޖައްސާފައިވަނީ، ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާފައިވާ 3 ފަރާތުގެ ހުށަހެޅުމަށް ބެލުމަށްފަހުއެވެ.
މުންތަޤިމްގެ އިތުރުން މިމަގާމަށް ކުރިމަތިލާފައިވަނީ ޑރ. ޙުސައިން ޙަލީމާއި އަޙްމަދު ޢަޒީލް އެވެ.