20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ޕުނާގާގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިއްޔެ ކުރިޔަށް ދިޔަ އިވެންޓްތަކުގައި ރާއްޖެއިން ވާދަކުރީ ފިރިހެނުންގެ 100މ ދުވުމުގައެވެ. 100މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކޮށް އަޒްނީމް ރޭސްނިންމާފައިވަނީ 11.05ސިކުންތުންނެވެ. 7 އެތުލީޓުން ވާދަކުރި މިހީޓުން އަޒްނީމް ދިޔައީ 5ވަނަ އަށެވެ.

މުބާރާތުގައި ރާއްޖޭގެ 3 އެތުލީޓުން ވާދަކުރާނެއެވެ. އަންހެނުންގެ 100މ ދުވުމުގައި ވާދަކުރާނީ އަފާ އިސްމާޢީލް އެވެ. އަދި ފިރިހެނުން 1500މ ދުވުމުގައި ޝިފާޒް އާއި އަޙްމަދު ޙުސައިން ވާދަކުރާނެއެވެ.

އަފާ ދުވާނީ ރާއްޖޭގެ ގަޑިން ހަވީރު 4.45ގައެވެ. އަދި ޝިފާޒް އާއި އައްމަޑޭ ދުވާނީ ރާއްޖޭގެ ގަޑިން ހަވީރު 5.00ގައެވެ.

މިއިވެންޓްތައް ޑީޑީ ސްޕޯޓްސް އިން ލައިވް ކުރާނެއެވެ.