އައި އޭ އޭ އެފް ވާލްޑް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ރަޝިޔާގެ މޮސްކޯގައި އޮގަސްޓް މަހުގެ 10ން 18އަށް ބާއްވާ އައި އޭ އޭ އެފް ވާލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ލިބުނު ފުރުޞަތު ޙަސަން ސާޢިދު ދޫކޮށްލައިފިއެވެ. ވާލްޑް ޗެމްޕިއަންޝިޕުން ސާޢިދުއަށް ފުރުޞަތު ލިބުނީ ޖުލައި މަހު އިންޑިއާގެ ޕޫނާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޕަރފޯމަންސަށް ބަލާފައެވެ.

ސާޢިދުއަށް ލިބުނު ފުރުޞަތު ދޫކޮށްލުމުން، ވާލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކުރާނީ އަފާ އިސްމާޢީލް އެވެ. އަފާ މުބާރާތުގައި ދުވާނީ އަންހެނުންގެ 200މ ދުވުމުގައެވެ.