ވާލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ރަޝިޔާގެ މޮސްކޯގައި މިހާރުކުރިޔަށްދާ އައި އޭ އޭ އެފް ވާލްޑްޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ހަމައެކަނި އެތުލީޓް އަފާ އިސްމާޢިލް މިއަދު އޭނާގެ އިވެންޓްގައި ވާދަކޮށްފިއެވެ.

އަފާ މިއަދު ވާދަކޮށްފައިވަނީ އަންހެނުންގެ 200މ ދުވުމުގެ 3 ވަނަ ހީޓްގައެވެ. 8 ބައިވެރިންނާއެކު އަފާ މިހީޓް ދުވެފައިވަނީ 26.16 ސިކުންތުން 7 ވަނަ އަށެވެ.

މިއީ މިސީޒަނުގައި އަފާ 200މ ދުވުން އެންމެ ރަނގަޅު މުބާރާތެވެ. މިއަހަރުގެ ޖުލައި މަހު އިންޑިއާގެ ޕޫނާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަފާ ދުވެފައިވަނީ 26.51 ސިކުންތުންނެވެ.