އޭޝިއަން ޔޫތު ގޭމްސް


Admin/newsImage/noimage.png

ޗައިނާގެ ނަންޖިންގައި މިހާރު ކުރިޔަށް ދާ އޭޝިއަން ޔޫތު ގޭމްސްގެ އެތުލެޓިކްސްގެ އަންހެން އަދި ފިރިހެން 100މ ދުވުމުގައި ރާއްޖޭގެ 3 އެތުލީޓުން މިއަދު ވާދަކޮށްފިއެވެ.

ރާއްޖެގަޑިން ހަވީރު 4.05ގައި ފެށި އަންހެން ކުދިންގެ 100މ ދުވުމުގައި ޢާއިޝަތު ސަރާ ވާދަކުރީ ފުރަތަމަ ހީޓްގައެވެ. 7 އެތުލީޓުންނާއެކު ފެށި މި ރޭސް 14.04ސިކުންތުން ސަރާ ނިންމާފައިވަނީ 7ވަނަ އަށެވެ.

ރާއްޖޭގެ އަލީ އަނާލް ވާދަކުރީ ފިރިހެންކުދިންގެ 100މ ދުވުމުގެ ފުރަތަމަ ހީޓްގައެވެ. ރާއްޖެގަޑިން ހަވީރު 4.35ގައި 8 އެތުލީޓުންނާއެކު ފެށި މި ދުވުން އަނާލް ނިންމާފައިވަނީ 11.63ސިކުންތުނެވެ. އަދި 2 ވަނަ ހީޓްގައި 7 އެތުލީޓުންނާއެކު ވާދަކުރި ޙުސައިން ޝަހުދާން ފަހުމީ ރޭސްނިންމާފައިވަނީ 11.69ސިކުންތުން 5ވަނަ އަށެވެ.

އަނާލް އާއި ޝަހުދާންގެ ވަގުތަކީ މި 2 އެތުލީޓުންގެ ޕަރސަނަލް ބެސްޓެވެ.