އިސްލާމިކް ސޮލިޑަރިޓީ ގޭމްސް


Admin/newsImage/noimage.png

3 ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 800މ ދުވުމުގައި ވާދަކުރި ރާއްޖޭގެ އަޙްމަދު ޙަސަން އެއިވެންޓް އޭނާގެ ޕަރސަނަލް ބެސްޓާއެކު ނިންމައިފިއެވެ.

މިއަދުކުރިޔަށް ދިޔަ 800މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކޮށް އަޙްމަދު ޙަސަން ޕަރސަނަލް ބެސްޓް ހަދާފައިވަނީ 1މިނިޓް 59.04ސިކުންތުން ދުވުން ނިންމައިގެންނެވެ. މި ހީޓް އަޙްމަދު ޙަސަން ނިންމާފައިވަނީ 7 ވަނަ އަށެވެ.

800މ ދުވުމުގައި ވާދަކުރި ޝިފާޒް މުޙައްމަދުވެސް ދުވުން ނިންމާފައިވަނީ 7 ވަނަ އަށެވެ. ޝިފާޒްގެ ދުވުން ސީޒަން ބެސްޓާއެކު ނިންމާފައިވަނީ 2މިނިޓް 00.77ސިކުންތުންނެވެ.

މިއަހަރު އަޙުމަދު ޙަސަން ރާއްޖެއިން ބޭރުގައި ދުވެފައިވާ ވަގުތުތަކަށް ބަލާއިރު ޖުލައި މަހު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެފައިވަނީ 2މިނިޓް 01.08ސިކުންތުންނެވެ. އަދި ސެޕްޓެމްބަރ މަހު ލަންކާ ނެޝަނަލްގައި ދުވެފައިވަނީ 2މިނިޓް 01.01ސިކުންތުންނެވެ.

ޝިފާޒްގެ ދުވުމުގެ ނަތީޖާތަކަށް ބަލާއިރު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެފައިވަނީ 2މިނިޓް 02.91ސިކުންތުންނެވެ.

ރާއްޖޭގެ އެތުލީޓުން ދެންވާދަކުރާނީ ފިރިހެނުންގެ 1500މ ދުވުމުގައެވެ.