އިސްލާމިކް ސޮލިޑަރިޓީ ގޭމްސް


Admin/newsImage/noimage.png

އިންޑޮނޭޝިޔާގެ ޕަލަމްބަންގ ގައި މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 1500މ ދުވުމުގައި ރާއްޖޭގެ އެތުލީޓުން ރަނގަޅު ކުރިއެރުންތަކެއް ހޯދައިފިއެވެ.

އިއްޔެ ކުރިޔަށްދިޔަ 1500މ ދުވުމުގެ ފައިނަލް ގައި ވާދަކޮށް 14ވަނަ އަށް ޝިފާޒް ދުވުން ނިންމާފައިވަނީ 4މިނިޓް 12.99ސިކުންތުންނެވެ. މިއީ އޭނާގެ ޕަރސަނަލް ބެސްޓެވެ. ޝިފާޒް މިއަހަރުގެ ޖުލައި މަހު ބޭއްވުނު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެފައިވަނީ 4މިނިޓް 26.05ސިކުންތުންނެވެ. އަދި ސެޕްޓެމްބަރ މަހު ލަންކާ ނޭޝަނަލް ގައި ދުވެފައިވަނީ 4މިނިޓް 20.07ސިކުންތުންނެވެ. ޝިފާޒް ވަނީ މިއަހަރު 1500މ ދުވުމުން 14ސިކުންތުގެ ކުރިއެރުމެއް ހޯދާފައެވެ.

1500މ ދުވުމުގެ ފައިނަލްގައި ރާއްޖެއިން ދެންވާދަކުރީ އަޙްމަދު ޙަސަން އެވެ. 15 ވަނަ އަށް އަޙްމަދު ޙަސަން ދުވުން ނިންމީ 4މިނިޓް 13.94ސިކުންތުންނެވެ. މިއީ އަޙްމަދު ޙަސަންގެ ވެސް ޕަރސަނަލް ބެސްޓެވެ. އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަޙްމަދު ޙަސަން ދުވެފައިވަނީ 4މިނިޓް 23.54ސިކުންތުންނެވެ. އަދި ލަންކާ ނޭޝަނަލް ގައި ދުވެފައިވަނީ 4މިނިޓް 16.22ސިކުންތުންނެވެ. އަޙްމަދު ޙަސަން ވަނީ 1500މ ދުވުމުން މިއަހަރު 10 ސިކުންތުގެ ކުރިއެެރުމެއް ހޯދާފައެވެ.

މި އިވެންޓްތަކާއެކު ރާއްޖެއިން މިމުބާރާތުގައި އެތުލެޓިކްސް އިން ވާދަކުރާ އިވެންޓްތައް ނިމުނީއެވެ. މުބާރާތަށްފަހު ޓީމް މާލެ އަންނާނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ.