ސާފް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އިންޑިއާގެ ރަންޗީގައި މިމަހުގެ 10ން 12އަށް ބޭއްވުމަށް ހަމަޖެހިފައިވާ 2 ވަނަ ސާފް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ގޮތަށް ނިންމައި މުބާރާތަށް ފިރިހެން 5 އެތުލީޓުންގެ ޓީމެއް ހޮވައިފިއެވެ.

މި މުބާރާތުގައި ވާދަކުރާ އެތުލެޓިކްސް ޓީމް ހޮވާފައިވަނީ މިއަހަރު މާލެ އާއި ރާއްޖޭގެ އަތޮޅު ތަކުގައި އެސޯސިއޭޝަނުން ބާއްވާފައިވާ އެކިއެކު މުބާރާތުގައި ވާދަކުރި އެތުލީޓުންގެ ތެރެއިންނެވެ. މި ގޮތުން މުބާރާތުގައި ވާދަކުރުމަށް ހޮވާފައިވާ އެތުލީޓުންތެރޭގައި ހިމެމެނީ ހދ. ކުޅުދުއްފުށިން 1 އެތުލީޓް، މާލެއިން 1 އެތުލީޓް އަދި އައްޑޫ ސިޓީން 3 އެތުލީޓުންނެވެ. ޓީމާއެކު މުބާރާތަށް ދާނީ އެސޯސިއޭޝަންގެ ސްޕްރިންޓް ކޯޗް އަޙްމަދު ފާޢިލް އެވެ.

މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ އޭޝިއަން ޔޫތު ގޭމްސްގެ ސެމީފައިނަލްގައި ވާދަކޮށް އޭޝިއާގެ 200މ ދުވުމުގެ ގަދަ 16 އެތުލީޓުންގެ ތެރޭގައި ހިމެނިފައިވާ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގެ ޙުސައިން ޝަހުދާން ފަހުމީ

ގައުމީ ކަސްރަތު މުބާރާތް، މަކީޓާ ޖޫނިއަރ ޗެމްޕިއަންޝިޕް، އެޓޯލް އިންޓަރ ސްކޫލް އަދި މައިލޯ އިންޓަރ ސްކޫލްގައި ވާދަކުރި ކަލާފާން ސްކޫލްގެ ޙުސައިން ނަވާފް ރައޫފް

މައިލޯ އިންޓަރ ސްކޫލްގައި ވާދަކުރި އައްޑޫ ހައި ސްކޫލްގެ ޢަލީ ނާޢިމް ޙުސައިން

މަކީޓާ ޖޫނިއަރ ޗެމްޕިއަންޝިޕް، އެޓޯލް އިންޓަރ ސްކޫލް، އަދި މައިލޯ އިންޓަރ ސްކޫލްގައި ވާދަކުރި ޝަރަފުއްދީން ސްކޫލްގެ އިބްރާހީމް އަމީން ޙަސަން ދީދީ

އެޓޯލް އިންޓަރ ސްކޫލް އަދި މައިލޯ އިންޓަރ ސްކޫލްގައި ވާދަކުރި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ޙުސައިން ރިޒާއެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ފިރިހެން ކުދިންގެ 100މ، 200މ، 400މ ދުވުން 100މ އަދި 400މ ރިލޭގައެވެ.

2007ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުނު ފުރަތަމަ ސާފް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން އަދި ފިރިހެން ޖޫނިއަރ ޓީމް ވަނީ އަންހެން އަދި ފިރިހެން 100މ ރިލޭ އާއި 400މ ރިލޭގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފައެވެ.