އައި އޭ އޭ އެފް ސްކޮލަރޝިޕް


Admin/newsImage/noimage.png

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައި އޭ އޭ އެފް) އިން ލިބިފައިވާ ޓްރެއިިނިން ސްކޮލަރޝިޕް ފުރިހަމަ ކުރުމަށް ރާއްޖޭގެ އެންމެ ބާރުދުވުން ތެރިއާ ޙަސަން ސާޢިދު ޖެމެއިކާ އަށް ފުރައިފިއެވެ.

ރާއްޖޭގެ 100މ، 200މ އަދި 400މ ދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ ޙަސަން ސާޢިދު ޖެމެއިކާގެ ހައިޕާފޯމަންސް ޓްރެއިނިން ސެންޓަރުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ތަމްރީން ފުރިހަމަ ކުރާނެއެވެ.

ސާޢިދު 100މ ދުވުމުގެ ގައުމީ ރިކޯޑް ހަދާފައިވަނީ 2013ވަނަ އަހަރު ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން ދިޔައިރު ބައިވެރިވި ޖޭ އޭ އޭ އެފް ޑިވެލޮޕްމަންޓް މީޓްގައި ވާދަކޮށް 10.72ސިކުންތުން ދުވުން ނިންމައިގެންނެވެ. 200މ ގައުމީ ރިކޯޑް ހަދާފައިވަނީ ޖެމެއިކާގެ ޓްރެއިނިން އަށް ފަހު ބައިވެރިވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް 21.37ސިކުންތުން ދުވުން ނިންމައިގެންނެވެ. އަދި 400މ ރިކޯޑް ހަދާފައިވަނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން ދިޔައިރު ބައިވެރިވި ޖޭއޭއޭއޭ ޑިވެލޮޕްމަންޓް މީޓްގައި ބައިވެރިވެ 47.48ސިކުންތުން ދުވުން ނިންމައިގެންނެވެ.

މީގެ އިތުރުން ސާއިދުވަނީ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 200މ ދުވުމުގެ ސެމީފައިނަލްގައިވާދަކޮށްފައެވެ. އަދި 200މ ދުވުމުގައި ވާދަކުރި އޭޝއާގެ އެތުލީޓުންގެ އޯވަރއޯލް ރޭންކިން އިން 9 ވަނަ ހޯދާފައެވެ. ސާއިދުގެ މިކާމިޔާބީ  "ހަވީރު ސްޕޯޓްސް އެވޯޑް"ގެ ތެރޭގައި ފާހަގަކޮށް ހަވީރުގެ ޚާއްޞަ އެވޯޑްވެސް ވަނީ ސާއިދު އަށް ދީފައެވެ.